ޖަޕާނުގެ ދެކުނުގައި އޮންނަ ކިޔުޝޫގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ފަރުބަދަ، އާސޯ ފަރުބަދަ ގޮވައިފިއެވެ.

ޖަޕާނުގެ މީޓިއޮރޮޖިކަލް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަރުބަދަ ގޮވާފައި ވަނީ ޓޯކިޔޯ ގަޑިން މިއަދު ހެނދުނު 11.43 ގައެވެ. އަދި ފަރުބަދަ ގޮވުމުން 3500 މީޓަރު (2.17 މޭލު) ދުރަށް ދުންތައް ވަނީ ފެތުރިފައެވެ.

ފަތުރުވެރިން ޒިޔާރަތްކުރާ ހިސާބެއްގައި ހުންނަ އެ ފަރުބަދަ ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް އެލާޓު ލެވެލް ތިނަކަށް މަތިކޮށް އެސަރަހައްދަށް ޒިޔާރަތްކުރުން މިހާރު ވަނީ މަތަކޮށްފައެވެ.

ޖަޕާނުގައި ފާއިތުވި 90 އަހަރުގެ ތެރޭގައި ފަރުބަދަ ގޮވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ 2014 ވަނަ އަހަރު އޮންޓާކޭ ފަރުބަދަ ގޮވި ހާދިސާގައެވެ. އެ ހާދިސާގައި 63 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.