ދިރިހުރުމުގެ ހިތްވަރަކީ ދަރިންކަމުގައި ބަތަލާ މަންދިރާ ބޭދީ ބުނެފިއެވެ.
މަންދިރާގެ ފިރިމީހާ ރާޖް ކައުޝަލް ވަނީ ކުއްލިއަކަށް ހާޓްއަޓޭކެއް ޖެހިގެން ޖޫންމަހުގެ ތެރޭގައި މަރުވެފައެވެ.
މަންދިރާ ބުނެފައިވާގޮތުގައި ފިރިމީހާ ވަކިވުމަށްފަހު އޭނާގެ މުޅި ދުނިޔެއަކީ ދެމަފިރިންނަށް ލިބިފައިވާ 10 އަހަރުގެ ވީރު އަދި އެޑޮޕްޓުކޮށްފައިވާ 5 އަހަރުގެ ތާރާ އެވެ.. ''އެއީ އަހަރެން ދިރިހުރުމުގެ އުއްމީދު، އަހަރެން ހުރިހާ ކަމެއް ކުރަނީ ދަރީންނަށް ޓަކައި.'' މަންދިރާ މީޑިއާއަށް ބުނެފައިވެ އެވެ.
''ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ'' ''ދަސް ކަހާނިއާ'' ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ މަންދިރާ އަކީ އިންޑިއާ ޓެލެވިޒަންގައި މަގުބޫލު މޫނެކެވެ. އެކްޓިން ކެރިއަރުގެ އިތުރުން 2003 އަދި 2007 ވަނަ އަހަރުގެ އައިސީސީ ކުރިކެޓް ވޯލްޑް ކަޕް އަދި 2004 އަދި 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީސް ހޮސްޓުކޮށްދިނުމުގެ އިތުރުން ޕްރިމިއަ ލީގު ސީޒަން 2 ހޮސްޓުކޮށްދީފައެވެ.
މަންދިރާ ބުނާގޮތުގައި އޭނާގެ ކެރިއަރުގައި މިހާތަނަށް އައިއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުނަމަވެސް ޝަކުވާއެއް ނެތެވެ. ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ ކަމަށާއި ރޮމެޑީ ނައު އޮރިޖިނަލް ގައި ހުށަހަޅައިދޭ ''ލަވް ލާފް ލިވް'' ޗެޓް ޝޯގެ ތިން ވަނަ ސީޒަން ގެނެސްދޭން ފަށާފައިވާއިރު އެއީ ވަރަށް ޕޮސިޓިވް އުފާވެރި ޝޯއެއް ކަމަށް ވެސް މަންދިރާ ވަނީ ބުނެފަ އެވެ.
މަންދިރާ ވަނީ ވެބް ސީރީސް ޝޯތައް ކަމަށްވާ ''ސްމޯކް'' އަދި ''ގަބޫލް ހައި 2.0'' ގައިވެސް ހަރަކާތްތެރިވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން