މަސްތުވާތެކީގެ މައްސަލައިގައި، ބޮލީވުޑް ސުޕަސްޓާ ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ބަންދުކުރުމާ ގުޅިގެން ބޮލީވުޑް ޑައިރެކްޓަރު ރާމްގޯޕާލް ވަރުމާ ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތް ކޮށްފިއެވެ.
ރާމްގޯޕާލް ވަރުމާ ކުރި ޓުވީޓެއްގައި ވަނީ އާރްޔަންގެ ބައްޕަ އޭނާ އިންޑަސްޓްރީއަށް ތައާރަފު ނުކުރެވިގެން އުޅެނިކޮށް އެ މަސައްކަތް އެންސީބީން ކޮށްފިކަމަށް ބުނެ ފާޑުކިޔާފައެވެ. އެންސީބީން އޭނާ ތަރިއަކަށް ހެދުމުގެ އިތުރުން އޭނާއަށް ބައެއް އަދަބުތައްވެސް ދަސްކޮށްދޭ ކަމުގައި ބުނެ ރާމްގޯޕާލް ވަރުމާ ވަނީ އެންސީބީއަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
އޭނާ ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ އާރްޔަން އަށް އޭނާގެ ބައްޕަ ދަސްކޮށްދީފައި ނުވާ ގިނަ ކަންތައްތަކެއް ޖަލު ބަންދުގައި ހުރެގެން ދަސްވި ކަމަށް އާރްޔަން ބުނާނެ ކަމަށެވެ.
ރާމް ގޯޕާލް ވަރުމާގެ މި މަލާމާތާއި ފުރައްސާރައިގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާއަށް ރައްދުދީ ނުރުހުން ފާޅުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން