ޗައިނާގެ ހުބެއި ޕުރޮވިންސުގައި ކުރިއަށް ދިޔަ ކައިވެނި ހަފުލާއެއްގައި އަންހެނަކު ރަނުގެ ގޮތުގައި ލިބުނު 60 ކިލޯ ރަން ގަހަނާ އަޅައިގެން ކައިވެނިކޮށްފިއެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ކުރިއަށް ދިޔަ މިކައިވެންޏަށް ހާޒިރު ވި އެންމެންގެ ލޮލުގައި އަޅައިގަތީ ރަނުން ޖަރީވެފައިވާ އަންހެންމީހާއެވެ. އޭނާ އަޅައިގެން ހުރި ރަނުގެ ގަހަނާ ތަކަކީ އިންނަން އުޅޭ ފިރިހެންމީހާ ރަނުގެ ގޮތުގައި އޭނާއަށް ހަދިޔާކުރި ރަން ކަމަށް ވެއެވެ. ފިރިހެން މީހާގެ އާއިލާއަކީ އެހިސާބުގައި ވަރަށް މުއްސަނދި އާއިލާއެއް ކަމަށް ހަބަރުތައް ބުނެއެވެ.
އަންހެންމީހާ އަޅައިގެން ހުރި ބަރު ގަހަނާތަކުގެ ސަބަބުން އޭނާއަށް ހަފުލާގައި ހެލިފެލިވެ އުޅެން ވަނީ އުނދަގޫވެފައެވެ. ކަރުގައި 60 ރަން ފަށް އަޅާފައިވާއިރު އެއިން ކޮންމެ ފަށެއްގައި 1 ކިލޯ ރަން ހުންނާނެ ކަމަށްވެއެވެ. އޭގެ އިތުރުން އޭނާގެ ކޮންމެ އަތެއްގައި ރަނުގެ ބޯ ދެ އުޅާލިގަނޑު ވަނީ އަޅާފައެވެ.
އަންހެން މީހާއަށް ގަހަނާތަކުގެ ސަބަބުން ބަރުވެ ހިނގަން އުނދަގޫވެގެން އުޅޭތަން ފެނި ބައެއް މީހުން ވަނީ އޭނާއަށް ހަމްދަރުދީވެ އެހީތެރިވާންވެސް މަސައްކަތްކޮށްފައެވެ.
ޗައިނާގެ މި ސަރަހައްދުގައި ގިނައިން ރަން ބޭނުންކުރުމަކީ ނަސީބު ރަނގަޅު ވުމުގެ ހެޔޮ ފާލެއްކަމުގައި ގަބޫލުކުރަމުން ވަނީ އައިސްފައެވެ. އަދި އެއީ ޖިންނި ޝައިތާނުންނާއި އެސްފީނާއިންނާއި ބަދު ނަސީބުކަމުން ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ވެސް އެމީހުން ގަބޫލުކުރަމުން އައިސްފައިވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް