އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު، ފާއިތުވި ހަތް އަހަރު ދުވަހު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މާދަމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއް ދެން ވިއްކާނީ 11.84 ރުފިޔާއަށެވެ. ޕެޓްރޯލް ލީޑަރެއް ވިއްކާނީ 11.16 ރުފިޔާއަށެވެ. މިހާރު އެސްޓީއޯއިން ޑީސަލް ލީޓަރެއްގެ ވިއްކަނީ 10.95 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާއަށެވެ.
އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިއީ މިއަހަރުގެ ތެރޭގައި އެކުންފުނިން ތެލުގެ އަގު ބޮޑުކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޖޫން މަހާއި ފެބްރުއަރީ މަހުގައިވެސް އެކުންފިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު