ޚަބަރު

ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ރިފާ ހަލީލު

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ލަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓު ނިމިއްޖެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، ލަންދޫ ބަނދަރުގެ 25,000 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، އަދި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ. ހަމަ އެހެންމެ ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، 35.60 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.