ވިލިމާލޭގައި ވަކި އަދަދަކަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
އެގޮތަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވައި ނަހުލާ މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ވިލިމާލޭގައި އެއްގަމު ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ޓަކައި އުސޫލެއްގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ވިލިމާލޭގައި ޓެކްސީ ހިދުމަތް ދިނުމަށް ހުއްދަ ދިނުމަށް ގޮތެއް ނިންމުމަށެވެ. އަދި އެކަން މާދަމާ ބާއްވަން ހަމަޖެހިފައިވާ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމަނުއްވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ޓެކްސީގެ ގޮތުގައި ވިލިމާލޭގައި މިހާރު ބޭނުންކުރަމުން އަންނަނީ ބަގީއެވެ. އަދި ގިނަ އަދަދަކަށް ބެޓެރީ ސައިކަލު ދުއްވައެވެ.
ނަހުލާގެ ސިޓީގައި ވިލިމާލޭގައި ދުއްވާ ބެޓްރީ ވެހިކަލްތައް ދެ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ވިލިމާލޭ ސެކްޝަނުގައި ރަޖިސްޓްރީ ކުރުމަށް ނިންމައި، ވިލިމާލޭގައި ދުއްވާ ބެޓްރީ ވެހިކަލްގެ ދަފްތަރެއް އެކުލަވައިލުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު