ބޮލީވުޑް ބަތަލާ ނޭހާ ދޫޕިއާ އަދި އަންގަދު ބޭދީއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.
މިދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ އިއްޔެއެވެ. އަލަތު ދަރިފުޅު މެހެރް އަށް ތިން އަހަރު ފުރިފައިވާއިރު މިއީ މިދެމަފިރިންނަށް ލިބުނު ދެވަނަ ކުއްޖާއެވެ. ދެވަނަ ދަރިފުޅު ލިބުނުކަން ހިއްސާކޮށްފައިވަނީ އަންގަދު އިއްޔެ ކުރި އިންސްޓަގުރާމް ޕޯސްޓެއްގައެވެ.
އޭނާ ކުރި ޕޯސްޓުގައި ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށާއި ނޭހާ އާދި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމުގައި ވަނީ ބުނެފައެވެ. އަންގަދުގެ ޕޯސްޓާއެކު ގިނަ ބަޔަކު ވަނީ މިދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ.
ނޭހާ ދެވަނަ ކުއްޖަކަށް ބަލިވެއިން ހަބަރު ހިއްސާކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައި ކުރި އިންސްޓަގުރާމް ޕޯސްޓަކާއެކުގައެވެ. ނޭހާ އަދި އަންގަދު މީސްމީޑިއާގައި ފޮޓޯތައް އާއްމުކޮށް ޕޯސްޓުކޮށް ހެދުމަށް ލޯބި ކުރެއެވެ. އެގޮތުން ދޮށީ ދަރިފުޅު މެހެރްގެ ލޯބި ފޮޓޯތަކެއްވެސް މިފަހުން ވަނީ އިންސްޓަގުރާމުގައި ޕޯސްޓު ކޮށްފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން