Close
މުނިފޫހިފިލުވުން

"ތަންހާ ތަންހާ" ލަވައިގެ މަންޒަރެއްގައި އުރްމިލާ ލައިގެން ހުރީ ޖެކީގެ ކޮނޑުކެނޑިއެއް

މީގެ 26 އަހަރު ކުރިން ނުކުތް ކާމިޔާބު ފިލްމު ''ރަންގީލާ''ގެ ބަތަލާ އުރްމިލާ މަޓޮންޑްކަރުގެ ވިދުން ގަދަވެގެންދިޔައިރު މިހާރުވެސް ބައެއް މީހުން އޭނާއަށް ރަންގީލާ ގާލްގެ ނަމުން މުހާތަބުކުރާ ކަމަށް އޭނާ ބުނެއެވެ.

އުރްމިލާ މިވަނީ އެފިލްމުގެ މަންޒަރެއްގެ ނޭނގޭ ވާހަކައެއް މީޑިއާގައި ހާމަކޮށްފައެވެ. ފަރާ ހާން ގެނެސްދޭ ޒީ ކޮމެޑީ ޝޯގައި މެހެމާނެއްގެ ގޮތުގައި އުރްމިލާ ބައިވެރިވެ އޭނާ ވަނީ ރަންގީލާގެ ހަނދާންތައް އާކޮށް ގިނަ ވާހަކަތަކެއް ކިޔައިދީފަ އެވެ. އެ ޝޯގައި ވާހަކަދައްކަމުން އުރްމިލާ ބުނެފައިވަނީ އެއްވެސް މީހަކަށް އެކަން ނޭނގޭނެ ކަމަށާއި ނަމަވެސް ''ތަންހާ ތަންހާ'' ލަވައިގެ މަންޒަރެއްގައި އޭނާ ޖެކީގެ ކޮނޑުކެނޑިއެއް ލާފައިވާ ކަމަށެވެ. ކޮރިއޮގުރާފަރު ފަރާ ހާން ވަނީ އެކަން އެއްވެސް މީހަކަށް ފާހަގަ ނުކުރެވޭ ކަމަށާއި އަދި ޖެކީގެ ކޮނޑުކެނޑިއެއް ލާން އޭނާ ފަސްޖެހިފައި ނުވާތީ އުރްމިލާއަށް ތައުރީފުކޮށްފައެވެ.

ފިލްމު ރަންގީލާ ގައި އުރްމިލާއާއެކު ކުޑަކުއްޖެއްގެ ރޯލުން އަދިތުޔާ ނަރަޔަންވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދިތުޔަ ނަރަޔަންއަކީ ޒީ ކޮމެޑީ ޝޯގެ ބައިވެރިއެއްވެސް މެއެވެ. މެހެމާނެއްގެ ގޮތުގައި އުރްމިލާ ބައިވެރިވެފައިވާ މި އެޕިސޯޑުގައި އަދިތުޔަ ވަނީ އުރްމިލާ އާއެކު އެފިލްމުގެ ލަވައެއްގެ ތަންކޮޅެއް ހުށަހަޅައިދީފަ އެވެ. ރަންގީލާ ކުޅުނުއިރު އަދިތުޔަ އަކީ ބަސް އަހާ ލޯބި ކުއްޖެއް ކަމަށާއި އޭރުވެސް އެއީ ހުނަރުވެރި ކުއްޖެއް ކަން ފާހަގަކުރެވުނު ކަމުގައި އުރްމިލާ މި ޝޯގައި ބުނެއެވެ. ޒީ ކޮމެޑީ ޝޯގެ އުރްމިލާ ބައިވެރިވި އެޕިސޯޑު ބެލުންތެރިންނަށް މި ހަފުތާ ބަންދުގައި ފެނިގެންދާނެއެވެ.

1995ވަނަ އަހަރު ނުކުތް ރަންގީލާގައި އުރްމިލާގެ އިތުރުން އާމިރު ހާން އަދި ޖެކީ ޝްރޮފް މުހިއްމު ރޯލުތަކުންވަނީ ފެނިގެން ގޮސްފައެވެ.