ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު އާމިރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އާމިރު ދައުލަތުގެ އިދާރާއަކަށް ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވާކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށް ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.
އެހެންވެ މިއަދު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ޖަލްސާގައި މި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އާމިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ އިރު، މިދިޔަ ބުދަ ދުވަހު ވަނީ ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން މެޖިސްޓްރޭޓްގެ މަގާމަށް ދަށްކުރުމަށް ޖޭއެސްސީން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު