ބޮލީވުޑް ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ، މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދުރާ މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ ބަރަހަނާ ފިލްމު އުފައްދައި ވިއްކުމުގެ ކުށުގައި ހައްޔަރުކުރެވިފައެވެ.
މުމްބާއީ މެޖިސްޓްރޭޓު ކޯޓުން 50،000 ކުރޯޅު އިންޑިއާ ރުޕީސްގެ ބޮންޑަކުން ކަފާލާތުގެ ދަށުން އިއްޔެ ވަނީ ރާޖު މިނިވަންކޮށްދީފައެވެ. ފިރިމީހާ ރާޖް ކުންދުރާ ޖަލުން މިނިވަންވުމަށްފަހު ޝިލްޕާ ވަނީ މާނަ ފުން މެސެޖެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ޝިލްޕާގެ މެސެޖުގައި ވަނީ ވެއްޓުމުން އަލުން ތެދުވުމަށް ހިތްވަރުދޭ ބަސްތަކެއް ހިމަނާފައެވެ.
''ބިމަށް ވައްޓާލައި ތިރިކޮށްލާނެ އެތައް ފަހަރެއް ހަޔާތުގައި ކުރިމަތިވާނެ. 7 ފަހަރު ވެއްޓުނު ނަމަވެސް، އާ ހިތްވަރަކާއެކު 8 ވަނަ ފަހަރު ކޮޅަށް ތެދުވުމުގެ ގާބިލުކަން އަމިއްލަ ނަފުސުގައި އުފައްދަންވާނެ." ޝިލްޕާގެ މެސެޖުގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ހަޔާތުގެ މިދަތުރުގައި ކަންކަމާ ކުރިމަތިލާން ކެރޭނެ ހިތްވަރު ލިބި، އަލުން ތެދުވާ ކޮންމެ ފަހަރަކީ ނުކުރެވޭނެ ކަމަށް ނިންމާ ކޮންމެ ކަމެއް ކުރުމުގެ ޔަގީންކަން ތިމާއަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ޝިލްޕާގެ މެސެޖުގައި ވަނީ ބުނެފައެވެ.
ރާޖްގެ ހައްޔަރަށްފަހު މި ދެމަފިރިންގެ ގުޅުމަށް ވާނެ ގޮތަކާއިމެދު މީޑިއާގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ރާޖް ބަންދުކުރުމާ ގުޅިގެން މީގެ ކުރިން ޝިލްޕާ ބުނެފައިވަނީ މުމްބާއީގެ ޖުޑިޝަލް ސިސްޓަމަށާއި ފުލުހުންނަށް ފުރިހަމައަށް އޭނާ އިތުބާރު ކުރާ ކަމަށެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި ދަރިންނަށް ޓަކައި މީޑިއާގެ ސަމާލުކަމަށް އާއިލާ ނުގެނެސް އިހުތިރާމު ކުރުމަށް އޭނާ ވަނީ އެދިފައެވެ. މީގެ އިތުރުން މީޑިއާތަކަށް ފާޑުކިޔައި، ފިރިމީހާގެ ހައްޔަރާ ގުޅިގެން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން މީޑިއާ އިން މިކަމުގައި އިންސާފު ކުރުމުގެ ބަދަލުގައި ޖުޑިޝަރީން އެމަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ޝިލްޕާ ވަނީ އެދިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން