ކުދި ޖަޒީރާ ގައުމުތަކަށް ކްލައިމެޓް ފައިނޭންސް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މިހެން ގޮވާލައްވާފައި ވަނީ އދ ގެ ލީޑަރުންގެ "ރައުންޑްޓޭބަލް އޮން ކްލައިމެޓް ޗޭންޖް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް މިޝަން އިން ނިޔު ޔޯކް އިން މިއަދު ބުނީ، މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓުމަށާއި، ކުދި ޖަޒީރާ ގައުމުތަކަށް ކްލައިމެޓް ފައިނޭންސް ހަމަޖައްސަވައިދިނުމަށް އެދި ގޮވާލައްވާފައި ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ރައީސް ވަޑައިގެންފައިވާ އިރު، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ.
އދ. ގެ އާންމު މަޖިލީހުގައި މާދަމާ ރޭ ރައީސް ތަގުރީރު ކުރައްވާނެއެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދެވެ. އެހެންކަމުން އެ ވަގުތުކޮޅު ވެގެންދާނީ ރާއްޖެއަށް ވަރަށް ތާރީހީ ވަގުތުކޮޅަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު