މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގަފަރުގައި ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19ގެ ސަބަބުން ހަރަދު ކުޑަކުރުމަށް މާލެއާއި ކައިރި ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާނުލާ ކަމަށް ބުންޏެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ވާޗުއަލް ކޮށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މިއަހަރުގެ މަސަވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމީ އެރަށު ކައުންސިލާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު