ހދ. ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި، ބާވެ ހަލާކުވެފައިވާ ވަށާފާރު ނަގައި ސާފުކޮށްދިނުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ގއ. ދާންދޫ އަލަށް އާބާދުވި ސަރަހައްދުގެ މަގުތައް ލެވެލްކޮށް ފެންބޮޑުވާ ތަންތަނަށް ވެލި އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ށ. ބިލެއްފަހި ކުނިގޮނޑަށް ފަސޭހައިން ދެވޭނެހެން މަގުތައް އެއްވަރުކޮށް ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކަށް ވެލި އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު