ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށް މާލޭ ސަރަހައްދުގައި ހުންނަ އެކުންފުނީގެ އޮފީސްތަކަށް ޒިޔާރަތްކޮށްގެން ރަޖިސްޓަރީކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ވެމްކޯއިން ބުނީ މިމަހުގެ ނިޔަލަށް ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ އޮފީހަށް ގޮސްގެންވެސް ހިދުމަތަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ވެމްކޯގެ އޮފީސްތަކުން ރަޖިސްޓަރީކޮށްދޭނެ ގަޑިތައް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ވެމްކޯގެ އޮފީސްތަކުން ހިދުމަތަށް މިއަދު ރަޖިސްޓަރީކޮށްދޭނީ، މިރޭ 8:00 އިން 10:00 އަށެވެ. މާދަމާ އެ ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހޮނިހިރު ދުވަހު އެ ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު 1:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރެޖިސްޓާ ކުރަން އަންނަ އިރު، އައިޑީ ކާޑުގެ ކޮޕީއަކާއި އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީއެއް ގެނައުމަށް ވެމްކޯއިން އެދެއެވެ.
ވެމްކޯއިން އިތުރަށް ބުނީ، އެކުންފުނީގެ ވެބްސައިޓު http://wamco.com.mv/online މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ހިދުމަތަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.