އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާ ފެނުނު ހާލަތު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބުނީ، ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނާ އިރު، ގެއްލުނު ކުއްޖާއަކީ ރަހީނުކުރި ކުއްޖެއް ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެކެވެއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެކަން ސާފުކުރަމުންދާ ކަމަށެވެ.