ޚަބަރު

އިތުރު ސްޕީޑާއި ޑޭޓާއާއެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް

އަލީ ޔާމިން

އިތުރު ސްޕީޑާއި ޑޭޓާއާއެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އުރީދޫން ބުނީ އެކުންފުނިން އަންނަނީ ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އުރީދޫ 5ޖީ އެއާފައިބާ ޕްލޭންތަކުން ލިބޭ ޑޭޓާ އެލަވަންސް އަދި ސްޕީޑު:

  • 5ޖީ އެއާފައިބާ ޕްލޭންސް، ޕެކޭޖް އެލަވަންސް (ޖީބީ)، ތްރޮޓްލް ސްޕީޑް
  • 5ޖީ އެއާފައިބާ 749ރ.، 300، 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 999ރ.، 500، 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 1499ރ.، 750، 2 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 1999ރ.، 1024، 5 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 2999ރ.، 1536، 5 އެމްބީޕީއެސް
  • 5ޖީ އެއާފައިބާ 5999ރ.، 4000، 5 އެމްބީޕީއެސް

އުރީދޫން ބުނީ 5ޖީ އެއާފައިބާ އާއެކު ލިބިގެންދާ ހައިސްޕީޑުގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިއަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބާގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާއެކު ޑިވައިސް ޕްލޭނެއްވެސް އުރީދޫން ފޯރުކޮށްދެއެވެ.

އަލަށް 5ޖީ އެއާފައިބާ ނަގާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ހާއްސަ އޮފާއަކާއެކު 5ޖީ ގެ ހަލުވި ސްޕީޑުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.