މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މި ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ޅ. އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ 08:30 އިން 12:00 އަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އޭގެ އިތުރުން މިއަދާ މިރޭވެސް ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، އަދި މިހާރު ނެރެފައިވާ އެލާޓް އިތުރު ކުރާނަމަ، އެ އެލާޓް ނިމޭ ގަޑިއާ ކައިރިކޮށްފައި އަންގާނެ ކަމަށެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މިހާރު ކުރަމުންދާ ވިއްސާރައަކީ، މޫސުމީ ވިއްސާރައެއް ކަމަށާއި އެއީ އިތުރު ކެރިގަނޑެއްގެ އަަސަރު ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު