ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެގޮތުން ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގއ. ދާންދޫގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފު ކުރުމާއި ލެވެލް ކުރުމާއި ފެންބޮޑުވާ ދިމަ ދިމާލަށް ވެލި އެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު