ޚަބަރު

''ކޯކް، ފުޑް އެންޑް ފުޓްބޯލް'' ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފި

އަލީ ޔާމިން

ކޮކާކޯލާގެ "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ޓީވީ އާއި ސްމާޓްފޯން އަދި އެނޫންވެސް ތަފާތު އެތައް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ އެ ޕްރޮމޯޝަން ކޮކާކޯލާ އިން ފެށީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮކާކޯލާ އިން ބުނީ، އެ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ހޮވިފައިވަނީ އައިޝަތު ނާއިފާއާއި ހުސައިން ރިޔާޒާއި ފަހީމާ ގާސިމްގެ އިތުރުން ފަރުހަމަތު ރަޝީދެވެ. އެ މީހުންނަށް ވަނީ ސްމާޓް ފޯނާއި 50 އިންޗީގެ ސްމާޓް ޓީވީގެ އިތުރުން ކޮކާކޯލާ ބްރޭންޑުގެ މިނީ ފުރިޖެއް ދީފައެވެ.

މިމަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، އެ ޕްރޮމޯޝަނަށް ހާއްސަކޮށް ނެރޭ ރަން ކުލައިގެ މަތިޖެހި ކޯކު ފުޅި ގަތުމުންނެވެ. އެގޮތުން 300 މިލިލީޓަރާއި 500 މިލިލީޓަރާއި 1.25 ލީޓަރާއި ދެ ލީޓަރުގެ ކޯކު ފުޅި ގަނެވިދާނެއެވެ. އަދި އެ ފުޅިއެއްގެ މަތިގަނޑުގެ އެތެރޭގައި ޖަހާފައިވާ ކޯޑު 2626 އަށް ފޮނުވުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ ހިމެނެއެވެ. އަދި ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޑެޓް އެޑިޝަން ކުދި ފްރިޖާއި ކޯކުގެ ބްރޭންޑު ޖަހާފައިވާ އެކި ބާވަތުގެ 225 މާޗެންޑައިސްވެސް ހިމެނެއެވެ. އޭގެ ތެރެއިން ކޯކުގެ ލޯގޯ ޖަހާފައިވާ ކުދި ފްރިޖަކީ ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.