މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 25.4 ޕަސަންޓް ދަށްވެއްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 1.27 ބިލިއަން ރުފިޔާއެވެ. މިއީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން ޕަސެންޓު ދަށް އަދަދެކެވެ.
މީރާ އިން ބުނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާ އިރު، މިއަހަރުގެ އޮގަސްޓު މަހުގެ އާމްދަނީ ދަށްވީ، ކޮވިޑާ ގުޅިގެން އިންކަމް ޓެކްސް ލިބުނު ވަރު މަދުވުމާއި ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ މިދިޔަ މަހު ނުލިބުމުން ކަމަށެވެ.
އެހެން މަސްތަކެކޭވެސް އެއްފަދައިން މިދިޔަ މަހުވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 685.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އިންކަން ޓެކްސް އިން 305.27 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އަދި ފަތުރުވެރިންގެ އަތުން ނަގާ ގުރީން ޓެކުހުން މިދިޔަ މަހު މީރާއަށް 75.62 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު