ގއ. ދާންދޫގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް އެއްވަރުކޮށް ލެވެލް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެގޮތުން ދާންދޫގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ލެވެލް ކުރުމާއި، ރަށުގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލި އަޅައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނީން ބުންޏެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެމްޓީސީސީން މީގެ ކުރިންވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ބައެއް ރަށްތަކުގައި ޕްރޮޖެކްޓްތައް ވަނީ ހިންގާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު