އއ. ހިމަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.
އެރަށު ހެލްތު ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެރަށުން 294 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 283 މީހުން ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 11 ކޭސް ހިމެނެއެވެ.
ހިމަންދޫ އާންމު ހާލަތަށް ގެނެސްފައިވާއިރު، މީގެ ކުރިންވެސް އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.