ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3، 5ޖީ ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ، ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ޒީ ފޯލްޑް3ގެ 5ޖީ، މިއަދުން ފެށިގެން ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ.
ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ އަކީ، ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކުރެވޭނެއެވެ.
ދިރާގުން ބުނީ، ބޮޑު ސްކްރީނަކުން ފެށިގެން ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، މި ތަފާތު އަދި އީޖާދީ ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާ ކުރެވޭނެ ކަމަށެވެ.
މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. އެގޮތުން 7.6 އިންޗި "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3، 5ޖީގައި އެސްޕެންވެސް ސަޕޯޓް ކުރާނެއެވެ.
ދިރާގުން އިތުރަށް ބުނީ، ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑަރު ކުރައްވާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ ހަ މަސް ދުވަހުގެ މުއްދަތައް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދިރާގުން މި ފޯނަށް ޕްރީ އޯޑަރު ކުރައްވާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެ ކަމަށް ބުންޏެވެ.
ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ޕްރީއޯޑަރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު