Close
ލައިފް ސްޓައިލް

އަނބިމީހާ ހިލޭ ފިރިހެނުންނާ އެކު 25 ފަހަރު ފިލައިފި! ފިރިމީހާ ބޭނުންވަނީ އަދިވެސް އެކުގައި އުޅެން

އައްސާމުގައި ދިރިއުޅެމުން އަންނަ އަންހެނަކު ވަނީ 10 އަހަރުގެ ތެރޭގައި އެތައް ފަހަރަކު ހިލޭ ފިރިހެނުންނާއެކު ފިލައިގެން ގޮސްފައެވެ. ކައިވެނީގެ ފަހުން 20-25 ފަހަރެއްގެ މަތިން އެހެން ފިރިހެނުންނާއެކު ގެއިން ފިލައިގެން ގޮސްފައިވާ ކަމަށް އޭނާގެ ބަފައިބެ ވަނީ ބުނެފައެވެ. އޭނާ އެންމެ ފަހުން ފިލައިގެން ގޮސް އުޅުމަށްފަހު މިހާރު އެނބުރި އައިސްފައިވާ ކަމަށާއި އެކަމަކު ދަރިފުޅު ހުރީ އަންހެނުންނާއެކު އަަދިވެސް ދިރިއުޅެން ރުހިގެން ކަމުގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި މި ބަފައިބެ ވަނީ ބުނެފަ އެވެ.

މި ދެމީހުން ކައިވެނި ކުރީ މީގެ 10 އަހަރު ކުރީންނެވެ. އައްސާމުގެ މެދުތެރޭގައި އޮންނަ ކުޑަ އަވަށެއްގައި ދިރިއުޅެމުން އަންނަ މި އަންހެން މީހާގެ ކައިވެންޏަށް 3 ކުދިން ލިބިފައިވާއިރު އެންމެ ހަގު ކުއްޖާގެ އުމުރަކީ އެންމެ ތިން މަހެވެ.

އަވަށްޓެރިއަކު ބުނެފައިވާ ގޮތުގައި މީގެ ކުރިން 24 ފަހަރަކު އެގޮތަށް ގެއިން ނުކުމެގެން ގޮސްފައިވާއިރު ކޮންމެ ފަހަރަކުވެސް އެނބުރި އޭނާގެ ފިރިމީހާގެ ގެއަށް އެނބުރި އަންނަނީ ދެތިން ދުވަސް ފަހުންނެވެ. އެންމެ ފަހުން އޭނާ ފިލާފައިވަނީ އެސަރަހައްދުގައި އުޅެމުން އަންނަ މީހަކާ އެކުގައި ކަމަށާއި މިއީ އެގޮތަށް އޭނާ ފިލައިގެން ދިޔަ 25 ވަނަ ފަހަރުކަމަށް ވެއެވެ.

މި އަންހެންމީހާގެ ފިރިމީހާ އަކީ ޓެކްސީ ކުރާ މީހެކެވެ. އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ފިރިމީހާ ބުނެފައިވަނީ އެންމެފަހުން އަންހެނުން ފިލައިގެން ގޮސްފައިވަނީ މިމަހުގެ ތެރޭގައެވެ. އޭނާ މަސައްކަތުން އަވަދިވެގެން ގެއަށް ދިޔައިރު އަންހެނުން ގޭގައި ނޫޅޭ ކަމަށާއި ހޯދައި ނުފެނުނު ކަމުގައި އޭނާ ބުނެއެވެ. އަދި އަންހެނުން ގެއިން ނުކުމެގެން ގޮސްފައިވަނީ ތިން މަހުގެ ތުއްތު ދަރިފުޅު އަވަށްޓެރިއަކާ ހަވާލުކުރުމަށްފަހު، ރައްކާކޮށްފައިހުރި 22،000 އިންޑިއާ ރުޕީސްގެ އިތުރުން އެހެނިހެން ގަހަނާތައް ވެސް ހިފައިގެން ކަމުގައި ފިރިމީހާ ވަނީ ބުނެފައެވެ.