Close
ޚަބަރު

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން ލައިސެންސް ހޯދުމަށް ހުށަހަޅައިފި

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފިއެވެ.

އެމްއެމްއޭއަށް ޑިޖިޓަލް ބޭންކުގެ ހިދުމަތް ފެށުމުގެ ހުއްދައަށް އެދުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން ފަށަން ގަސްދުކޮށްފައިވާ ބޭންކިންގެ ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ފަސް މިނެޓު ތެރޭގައި އެކައުންޓުވެސް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކަށް ލައިސަންސަށް ހުށަހެޅުމަށްފަހު އެ މަރުހަލާގައި ތިން މަސް ނަގާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށެވެ.

އަދި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށްވާތީ، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.