ކޮވިޑަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 227 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ރ. ކަނދޮޅުދުއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑުގައި މީހަކު މަރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 227 އަށް އަރައިފައެވެ. އެއީ 210 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު