ބޮލީވުޑް ތަރި ސައިފް އަލީ ހާން އަކީ އޭނާ ކުރާ ކޮންމެ ކަމަކަށް ވެސް މީސްމީޑިއާ ގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަ ތަރިއެކެވެ.
އޭނާ އަށް އެންމެފަހުން އަމާޒުވި ފާޑުކިޔުންތައް އައިސްފައި ވަނީ ހަގު ދަރިފުޅަށް ޖެހަންގީރު އަލީ ހާން ކިޔުމުންނެވެ. ނަމަވެސް އެ ކަމަށް ސައިފް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެފަދަ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކިހިނެއްތޯ ވަރަށް ފަހުން ވަނީ މީޑިއާއަކުން އޭނާ އާ ސުވާލުކޮށްފަ އެވެ.
ސައިފް ބުނީ އެކަހަލަ ކަންކަމުން ދުރުވެ ހުރުމަށް ދަސްކޮށްދިނީ އަންހެނުން ކަރީނާ ކަޕޫރު ހާން ކަމަށެވެ. އެ ނޫހަށް ދިން އިންޓަވިއުގައި ސައިފް ބުނެފައިވަނީ ނެގެޓިވް ކޮމެންޓުތައް ކިޔުން އޭނާ މިހާރު ހުއްޓާލާފައިވާ ކަމަށެވެ. މީގެ ކުރިން އޭނާ އާ ބެހޭ ގޮތުން މީޑިއާގައި ގެނެސްދޭ ވާހަކަތައް ވަރަށް ގިނައިން ބަލައި ހެދޭ ކަމަށާއި އަދި ނުރުހުން ރައްދުވާ ޒާތުގެ އެއްޗެތި ބުނެފައި ހުރުމުން އޭނާގެ މޫޑު ހަރާބުވާ ކަމަށް ސައިފް ބުނެއެވެ. ނަމަވެސް އެކަންކަމުން ދުރުވެ ހުރުމަށް ކަރީނާ އޭނާއަށް ނަސޭހަތްތެރިވި ކަމަށާއި އެގޮތުން މިހާރު އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތައް ބަލައި ނުހަދާ ކަމަށް ސައިފް ވަނީ ބުނެފައެވެ.
ސައިފް ގެ އެންމެ ފަހުގެ ވެބް ސީރީސް ''ޓަންޑަވް'' އަށް ވަރަށް ފަހުން ވަނީ ދީނީ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައެވެ. ސައިފް އެންމެ އަވަހަށް ފެނިގެންދާނީ ''ބޫތު ޕޮލިސް'' އިންނެވެ. އެފިލްމުގައި އޭނާގެ ކެރެކްޓާގައި ބޭނުން ކޮށްފައިވާ ގަހަނާތަކުގެ ސަބަބުން ވެސް ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން