ގދ. ފަރެސްމާތޮޑާއިން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުނީ، އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެ އިން 157 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ގިނައީ އަތޮޅުތަކުން ޕޮޒިޓިވް ވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އަތޮޅުތެރެއިން ޕޮޒިޓިވް ވި 106 މީހަކާއި މާލެ ސަރަހައްދުން 45 މީހަކާއި ރިސޯޓުތަކުން ހަ މީހެކެވެ.