މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންނަ އަހަރު ސްޕޮންސާ ކުރުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑިގްރީ އިން މެރިޓައިމް އެންޑް ލޮޖިސްޓިކްސް، ޑިގްރީ އިން މެރިޓައިމް އޮޕަރޭޝަންސް، ޑިގްރީ އިން ނޭވަލް އާކިޓެކްޗާ، ޑިގްރީ އިން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އަދި އޭސީ.ސީއޭ އެވެ.

އެމްޕީއެލް އިން އިއުލާނު ކޮށްފައިވާ މި ކޯސްތަކުގައި އޭސީސީ ރާއްޖެ އިން ކިޔެވެން އޮތް ނަމަވެސް އަނެއް ހަތަރު ކޯހަކީ ސައުތު އޭޝިއާ އިން ކިޔެވެން ހުރި ކޯސްތަކެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މި ކޯސްތަކަށް ޝަރުތު ފުރިހަމާ ހުރިހާ ފަރާތްތަކަށްވެސް ލެވޭނެ ކަމަށާއި، މިއީ އެމްޕީއެލްގެ ފަރާތުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕްތަކެއް ކަމަށެވެ.