''ދިލްބޭޗާރާ''ގެ ތަރި ސަންޖަނާ ސާންގީގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ އޭނާގެ 25 ވަނަ އުފަންދުވަހަށް ރަށްޓެހިންނާއެކު ރާއްޖެ އައުމުގެ ކުރިން އޭނާ ވަނީ މީޑިއާއަށް އިންޓަވިއުއެއް ދީފައެވެ.
ހިންދުސްތާން ޓައިމްސަށް ދިން އިންޓަވިއުގައި އޭނާއަކީ އަބަދުވެސް އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި މުޅި އުމުރުގައިވެސް ފުރަތަމަ ފަހަރަށް އެކަހެރިކޮށް އުފަންދުވަސް ފާހަގަކުރަން ޖެހުނީ މިދިޔަ އަހަރު ކަމަށާއި މިއަހަރު އެކަމަށް ޓަކައި ދިވެހިރާއްޖެއަށް އައުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
ރަށްޓެހިންނާއެކު އުފަންދުވަސް ފާހަގަކޮށްލުމަށް ސަންޖަނާ ރާއްޖެ އައިސްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އޭނާގެ އިންސްޓަގުރާމް އެކައުންޓުގައި ވަނީ ހިއްސާކުރަން ފަށާފައެވެ.
ސުޝާންތު ސިންގް ރާޖުޕުޓް މަރުވުމުގެ ކުރިން އެންމެފަހުން ކުޅެފައިވާ ފިލްމު ''ދިލް ބެޗާރާ''ގައި ސުޝާންތާއެކު ސަންޖަނާ ވަނީ ކެންސަރު ޖެހިފައިވާ ކުއްޖެއްގެ ރޯލު ކުޅެދީފައެވެ.
އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އަދިތިޔާ ރޯއި ކަޕޫރާއެކު ފިލްމު ''އޯމް: ދަ ބެޓެލް ވިތިން'' ގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ވަރަށް ފަހުން ސަންޖަނާ ވަނީ ރަޝިއާއަށް ދަތުރުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން