ޓޯކޮށްފައިވާ ކާރެއްގެ ޑިކީ ހުޅުވަން މަސައްކަތް ކުރާތަން ފެންނަ ވީޑިއޯގެ ހަގީގަތް ފުލުހުން ކިޔައިދީފިއެވެ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ޓޯކޮށްފައިވާ ޓެކްސީއެއްގެ ޑިކީ ހުޅުވަން ފުލުހަކު މަސައްކަތް ކުރާ ތަނެވެ. އަދި އެ ވީޑިއޯއާއެކު ޓޯކުރާ ވެހިކަލްތަކުން ފުލުހުން ވައްކަން ކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އެކަން ދޮގުކޮށް ފުލުހުން މިއަދު ބުނީ، ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ޓޯކޮށްފައިވާ އުޅަނދެއް ނައްތާލުމުގެ ކުރިން އެ އުޅަނދުގެ ޑިކީ ޗެކު ކުރުމަށް ފުލުހަކު މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ފުލުހުން ޓޯކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް، އުޅަނދުގެ ވެރިފަރާތައް ދޭ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އުޅަނދާ ހަވާލު ނުވެއްޖެ ނަމަ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ނައްތާލާ ވެހިކަލްތައްވެސް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު