ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓުގައި ހުންނަ 'ދޮވެމި' ފިހާރައިން ޔޫރަޕްގެ ވަރަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ރިޗުއަލްސް'ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.
މިކަމަށް ޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ، ދޮވެމި ފިހާރަ އިން މިއަދު ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި 'ރިޗުއަލްސް' ބްރޭންޑުގެ ތަފާތު އެކި އުފެއްދުންތައް މިހާރު ލިބެން ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި އެ ބްރޭންޑުގެ ސެންޓާއި، ލޯޝަނާއި، ގައިގެ ހަންގަނޑު އަވިން ރައްކާތެރި ކޮށްދޭ އެކި ކަހަލަ ކްރީމް ތަކާއި، އިސްތަށިގަނޑަށް ބޭނުންވާ ތަފާތު ބާވަތްތައް ހިމެނެއެވެ.
އެމްސްޓަޑަމްގެ ބްރޭންޑެއް ކަމަށްވާ 'ރިޗުއަލްސް' އަކީ 2000 ވަނަ އަހަރު ބާޒާރަށް ނެރެފައިވާ ބްރޭންޑެކެވެ.
ނަމަވެސް މިހާރު ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުތަކުގައި މި ބްރޭންޑްގެ އުފެއްދުންތައް ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓުގައި ހުންނަ ދޮވެމި ފިހާރައަކީ އެ އެއާޕޯޓުގައި މިހާރު ބޭނުން ކުރާ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްއޭސީއެލް އިން 2014 ވަނަ އަހަރު ހުޅުވި ފިހާރައެކެވެ.
މި ފިހާރަ ހާއްސަކޮށްފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި ސެންޓާއި އަވި އައިނާއި އަތުކުރި ގަޑިފަދަ އުފެއްދުންތަކަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި