ބޮލީވުޑް ތަރި ސަނީ ލިއޯން އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ސަނީ ލިއޯން އާއިލާއާ އެކު އިއްޔެ ރާއްޖެ އައިސްފައިވާއިރު، ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯ އަދި ވީޑިއޯތައް އޭނާ އަންނަނީ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.
ސަނީލިއޯނަ ގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ ފިލްމު ''ޝީރޯ'' ގެ ޝޫޓިންތައް ނިންމާލާފައެވެ. މަލާޔަމް، ތަމަޅަ، ތެލިނގޫ އަދި ހިންދީ ބަހުން ނެރެން ހަމަޖެހިފައިވާ މިފިލްމުގެ ޝޫޓިންތައް ނިންމާލާފައިވާއިރު ކުރިއަށް ބޮލީވުޑް ފިލްމު ''ޕައްޓާ'' ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމަކީ ކުރިކެޓް ކުޅުންތެރިއެއް ކަމަށްވާ ސްރީސާންތު ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން