ކައިވެނި ހަފުލާގެ ދައުވަތު ގަބޫލުކޮށް ހަފުލާއަށް ނައުމުން ފައިސާ ދައްކަން ބުނެފިއެވެ.
އެމެރިކާއަށް ނިސްބަތްވާ ދެމަފިރިއަކު ވަނީ އެމީހުންގެ ކައިވެނީގެ ދައުވަތު ގަބޫލު ކުރުމަށްފަހު ހަފުލާގައި ބައިވެރި ނުވި މީހުންނަށް، ބޮލަކަށް ޖެހުނު އަގުގެ ރޭޓުން އެފައިސާ ދެއްކުމަށް އެދި ބިލެއް ފޮނުވާފައެވެ.
ދެމަފިރިން ކަމަށްވާ ޑަގް ސިމަންސް އަދި ޑެޑްރާ މެކްޖީ ބުނާ ގޮތުގައި ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ދިން ދައުވަތު ގަބޫލުކުރުމަށްފަހު އެއްވެސް އުޒުރެއް ނެތި ހަފުލާއަށް އައިސްފައި ނުވާ މީހުންގެ ކެއުމަށް ވާ ފައިސާ ވެސް އެމީހުން ދައްކަން ޖެހުނެވެ. އަދި އެމީހުން ނައުމުން އެ ފައިސާ ވަނީ ބޭކާރުވެސް ވެފަ އެވެ. އެގޮތުން އެ ހަރަދު އަނބުރާ ހޯދުމަށް ހަފުލާއަށް ނާންނަ ފަރާތްތަކަށް 240 އެމެރިކާ ޑޮލަރުގެ ބިލެއް މިދެމަފިރިން ފޮނުވާފައިވެ އެވެ.
ބިލުގެ ފޮޓޯއަކާއެކު ޑަގްގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި އޭނާ ވަނީ މި ބިލު ފޮނުވުމުން އެމީހުންނާ ދޭތެރޭ ގޯސްކޮށް ނުދެކުމަށް އެދިފައެވެ.
ނަމަވެސް އެއީ ހަފުލާއަށް ހާޒިރު ވާނެ މީހުންގެ އަދަދުތައް ފައިނަލް ކުރިއިރު ބައިވެރި ނުވެވޭނެ ކަން އަންގާފައި ނުވާތީ އެ އަގު އަނބުރާ ހޯދުމަށް ފޮނުވި ބިލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މި ބިލަށްވާ ފައިސާ ދެއްކުމަށް އެއް މަހުގެ މުއްދަތެއް ދެމަފިރިން ވަނީ ބިލުގައި ކަނޑައަޅާފައެވެ.
މި ޕޯސްޓު މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް ކޮމެންޓު ކޮށްފައިވަނީ ދެކޮޅަށްވެސް ބުރަވާ ގޮތަށެވެ. އެއްބަޔަކަށް އެއީ ރަނގަޅު ނިންމުމެއް ކަމަށް ފެންނަކަމަށް ބުނާއިރު އަނެއް ބަޔަކު ވަނީ ދެމަފިރިންނަށް ފާޑުކިޔައި މަލާމާތް ކޮށްފައެވެ.
އެއްބަޔަކު ބުނެފައިވާ ގޮތުގައި ޕާޓީއެއް ބޭއްވުމަށް ބަޖެޓެއް ކަނޑައަޅައި އަގު އަދާ ކުރުމަކީ ޕާޓީ އިންތިޒާމު ކުރާ ފަރާތުގެ ޒިއްމާއެކެވެ. އަދި ޕާޓީއަށް ދައުވަތު ލިބޭ މީހާ ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ފައިސާ ދައްކަން އެންގުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ބައެއް މީހުންވަނީ ބުނެފައެވެ.
މިކަމާ އެއްކޮޅަށް ވާހަކަ ދެއްކި މީހުން ބުނީ ޕާޓީއަށް އާދެވެން ނެތް ނަމަ އެކަން ދައުވަތު ދިން ފަރާތަށް އަންގަން ވާނެ ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ހަރަދު ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.
ފާޑުކިޔުންތަކަށް ރައްދު ދެމުން ސިމަންސް ބުނެފައިވަނީ ކަމެއް ދިމާވެގެން ޕާޓީގައި ބައިވެރި ނުވެވިދާނެ ކަން އެމީހުންނަށް ވެސް ވިސްނޭ ކަމަށާއި ނަމަވެސް އެންމެކުޑަމިނުން ޓެކްސްޓަކުން ވިޔަސް އާދެވެން ނެތްކަން ބުނެލެވެން ވާނެ ކަމަށެވެ. އަދި ނާންނަ ކޮންމެ މީހަކީ ބައިވެރިޔަކާ އެކު ދެމީހުން ކަމަށާއި އެއިން ކޮންމެ ބޮލަކަށް ދައްކަން ޖެހުނު އަގު އަދާކުރީ ޕާޓީ އިންތިޒާމުކުރި ފަރާތުން ކަމުގައި ބުނެ، މިއީ އެމީހުންނަށް ލިބުނު ގެއްލުމެއް ކަމުގައި ސިމަންސް ވަނީ ފާހަގަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް