ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖެ އަލުން ހިމަނައިފި އެވެ.
އަބޫދާބީގެ ގްރީން ލިސްޓުން މިއަހަރު ފެބްރުއަރީ މަހު ރާއްޖެ އުނިކުރުމަށް ފަހު އެ ލިސްޓަށް ރާއްޖެ އިތުރު ކުރީ ޖޫން މަހުގެ ފަހުކޮޅެވެ. އަދި އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އަނެއްކާ ވެސް ރާއްޖެ އެ ލިސްޓުން އުނިކުރި އެވެ.
އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖޭގެ ނަން އަލުން ހިމަނާފައި ވަނީ އިއްޔެ އެވެ.
ރާއްޖެއާ އެކު އަބޫދާބީގެ ގްރީން ލިސްޓްގައި 55 ގައުމެއް ވަނީ ހިމަނައިފަ އެވެ.
އަބޫދާބީއަށް އެތެރެވާއިރު ކަރަންޓީނު ވާން ނުޖެހޭ ގައުމުތައް ހިމަނައި އެ ސިޓީގެ ޓޫރިޒަމް ޑިޕާޓްމަންޓުން އެކުލަވާލާފައިވާ "ގްރީން ލިސްޓް"ގައި ހިމެނޭ ގައުމުތަކުން އެތެރެވާ މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު