ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ހާއްސަކޮށްގެން ޓްރެފިކް ޖޭމުން ނެރުނު ލަވަ، "ބޮން" އިން އެމަނިކުފާނަށް އަސަރުކޮށްފިއެވެ.
ޓްރެފިކް ޖޭމުގެ ލީޑް ވޯކަލިސްޓް ކަޔާނޯ ކިޔާފައިވާ ލަވަ ރޭ ރިލީޒް ކުރީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިން ތަނުގައެވެ. އެ ލަވަ ރިލީޒް ކޮށްދެއްވީ ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދެވެ.
އެ ލަވައާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ޓްރެފިކް ޖޭމުގެ ލީޑް ވޯކަލިސްޓު ކަޔާނޯ އާއި ބޭންޑުގެ ހުރިހާ މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އެލަވައިން އެމަނިކުފާނުގެ ބަސް ހުއްޓުނު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބަސް ހުއްޓިފައި އިނދެވޭނީ މަދު ފަހަރަކު. އެހެނަސް މިވަގުތު މި އިނީ އަސަރުން ރޮވިފައި، އުފަލުން ހެވިފައި، މަންޒަރު ފެނިފަ، ހީބިހި ނަގައިފަ،" ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު