ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއެކު އިތުރު ނުވަ ކުންފުންޏެއް އުވާލުމަށް ނިންމައިފި އެވެ.
ޖުމުލަ 11 ކުންފުންޏެއް އުވާލުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާއިރު، މި ހުރިހާ ކުންފުނިތަކަކީވެސް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައްޔާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފައްދާފައިވާ ކުންފުނިތައް ހިމެނެ އެވެ.
- ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް
- ފެލިވަރު ފިޝަރީޒް މޯލްޑިވްސް
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)
- ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
- ހިތަދޫ ޕޯޓް ލިމިޓެޑް
- ހަޒާނާ މޯލްޑިވްސް
- ވޯކްސް ކޯޕަރޭޝަން
- ގަން އެއާޕޯޓް ކޮމްޕެނީ
- މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ
- މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
މި ކުންފުނިތައް އުވާލަން ނިންމާފައިވަނީ ކުންފުނިތަކުގެ ސަބަބުން ދަރަނިތައް އިތުރުވެ ގެއްލުންތައް ވަމުންދާތީ އެވެ.
މީގެ ތެރެއިން އެމްއާރްޑީސީ އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އުފައްދާފައިވާ އަދި އެވެރިކަމުގައި އުވާލަން ނިންމާފައިވާ ކުންފުންޏެކެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އުފައްދާފައިވާ ކޫއްޑު ފިޝަރީޒް މޯލްޑިވްސް އާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް އަކީ މިފްކޯގެ ދަށުން އުފައްދާފައިވާ ކުންފުނިތަކެވެ. ނަމަވެސް މި ކުންފުނީގެ ސަބަބުން މި ފްކޯގެ ދަރަނިތައް ވަނީ ބޮޑުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު