ޅީދަރިފުޅު ކަރީނާއަށް ޝަރުމީލާ ޓެގޯރު، ގެ ހިފެހެއްޓުމެއް ނެތް ތައުރީފު ބަންޑުންކޮށްލައިފި އެވެ.
ޝަރުމީލާ އަކީ ކުރީގެ ފިލްމީ ބަތަލާއެކެވެ. އަދި ސައިފް އަލީ ހާންގެ މަންމަ އެވެ.
ޝަރުމީލާ ބުނީ ކަރީނާއަކީ ވަރަށް ކެތްތެރި ރަނގަޅު މީހެއް ކަމަށާއި އޭނާގެ ސަބަބުން ހަމަޖެހުން ގެނުވާކަމަށެވެ.
ވަރަށްފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝަރުމީލާ ވަނީ ސައިފް އަދި ކަރީނާގެ ވާހަކަ ހިއްސާކޮށްފައެވެ. ޝަރުމީލާ ބުނާ ގޮތުގައި ކަރީނާ އޭނާގެ ހަޔާތަށް ހަމަޖެހުން ގެނުވަ އެވެ. ކަރީނާގެ އެންމެ ކަމުދާ ސިފައަކީ ކެތްތެރިކަން ކަމަށާއި ކަރީނާ އަމިއްލަ ނަފުސާ އެހެންމީހުންނާ އަޅައި ނުކިޔާ ކަމަށާއި އޭނާ ކަރީނާ ދެކެނީ އަމިއްލަ ދަރިއެއް ގޮތުގައި ކަމަށް ވެސް ޝަރުމީލާ ވަނީ ބުނެފައެވެ. ޝަރުމީލާ ވަނީ މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ވެސް ކަރީނާގެ ރަނގަޅު ވާހަކަ ދައްކާފައެވެ.
ކަރީނާގެ އިތުރުން ޝަރުމީލާ ވަނީ ސައިފަށްވެސް ތައުރީފުކޮށްފައެވެ. ކުރިއާ އަޅައި ބަލާއިރު އިންޑަސްޓްރީގައި އޭނާ ކުރިއަރަމުން އައިސްފައިވާ ކަމަށާއި، ހަތަރު ކުދީންގެ ބައްޕައެއްގެ އިތުރުން މޮޅަށް ކައްކަން އެނގޭ ޒިއްމާދާރު މީހެއްގެ ދިރިއުޅުން ސައިފް އުޅެމުން އަންނަކަމުގައި ޝަރުމީލާ ވަނީ ފާހަގަކޮށްފައެވެ.
ޝަރުމީލާ ވަނީ އޭނާ އިންޑަސްޓްރީއަށް އެނބުރި އައިސްދާނެކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. ބޮޑެތި ބަލިތަކަށް ބޭސްކުރަމުން އަންނަ މީހެއް ކަމުން ކޮވިޑުގެ ހާލަތުގައި ފިލްމު ކުޅެން ތަން ނުދޭތީ ބައެއް ރޯލުތައް ދޫކޮށްލާފައިވާ ކަމަށް ޝަރުމީލާ ވަނީ ބުނެފައެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ނިމުމަކަށް އައުމުން ފިލްމެއް ކުޅެލަން ވިސްނާ ކަމުގައިވެސް ޝަރުމީލާ ވަނީ ފާހަގަކޮށްފައެވެ.
އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ދީޕިކާ ޕަދުކޯން އަދި އިމްރާން ހާން އާއެކު ކުޅެފައިވާ ފިލްމު ''ބްރޭކް ކޭ ބާދު'' އިން ނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން