ގދ. ގައްދޫން އަށް މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އައިމިނަތު ރަޝީދާ މިއަދު "ވަން" އަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން މިމަހުގެ 18 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހެއް އިއްޔެ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 12 މީހުންގެ ތެރެއިން ހަތް މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޏެވެ.
އެ ކޭސްތަކާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދު ހަވީރެވެ.
ރަޝީދާ ވިދާޅުވީ މިއަދު ޕޮޒިޓިވްވި ހަތް މީހުންގެ ކޮންޓެކްޓުން ދެނެގަނެ، އެމީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ މެއި މަހުވެސް ގައްދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނައީ ހޯމް ކަރަންޓީނުގައި ހުއްޓައި، ޕޮޒިޓިވްވި މީހަކު ކަރަންޓީނުގެ އުސޫލާ ހިލާފަށް އެހެން ބަޔަކާ ބައްދަލުކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު