އަބޫދާބީ އާއި އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައި ވަނީ އެ ގައުމުތަކުން ކޮވިޑާ ގުޅިގެން އެކުލަވާލި އުސޫލުތަކަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ އަބޫ ދާބީ އާއި ޔޫކޭގެ ރެޑް ލިސްޓަށް ރާއްޖެ އެރުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށާއި އެކަން ހިނގައިދިޔައީ އެ ދެ ގައުމުގެ ރިވިއު ޕީރިއަޑް ތެރޭގައި ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮވިޑުގެ ހާލަތާއި އަޅައިބަލާއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތުން ބޮޑުތަނުން ރަނގަޅުވެފައި ވަނިކޮށް ޔޫކޭ އާއި އަބޫ ދާބީގެ ރެޑް ލިސްޓަށް ރާއްޖެ އެރީ އެ ގައުމުތަކުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ އުސޫލުތަކަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެގައުމުތަކުން ދެން ހަދާ ރިވިއުއެއްގެ ނަތީޖާ ރަނގަޅު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޔޫކޭ އާއި އަބޫ ދާބީގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން އެ ގައުމުތަކަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހެއެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހަށެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން 10 ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު