ރާއްޖެއިން ކޮވިޑުގައި އިތުރު މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 225 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި 46 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ދެވަނަ މީހާއެވެ. ޑައިރެކްޓް ކޮންޓެކްޓް ވެގެން އައްޑޫ ސިޓީގައި ކަރަންޓީން ކޮށްފައި ހުރި 92 އަހަރުގެ އަންހެނަކުވެސް މިއަދު ވަނީ މަރުވެފައެވެ.
މިއަދުގެ ދެ މަރާ އެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 225 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 208 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު