"ވަގު ބުކިންގް" ހައްދަނީ ގެސްޓް ހައުސް ތަކުން ނޫން ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ވަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހީމް ފަރުހާދު އިއްޔެ ވިދާޅުވީ، "ފޭކް ބުކިންގް" ހައްދަނީ ރެޖިސްޓަރީ ކޮށްފައިވާ ގެސްޓް ހައުސް ތަަކުން ނޫން ކަމަށެވެ.
އެގޮތުން އެބޭފުޅުންގެ މެންޑޭޓްގެ ތެރޭގައިވާ ގެސްޓް ހައުސްތަކަކީ ގަވައިދުން ޗެކުކޮށް، އަދި އެއަށްފަހު ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތްނަމަ އެ ކަންތައްތައްވެސް ގެސްޓް ހައުސްތަކަށް އަންގާފައިވާ ތަންތަން ކަމަށެވެ. މިހާތަނަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ސެނިޓައިޒާ ފުޅިއެއް އާ ކުރުން ފަދަ ވަރަށް ކުދިކުދި ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ.
"ވަގު ބުކިންގް" ހައްދާކަމަށް ބޮޑަށް ފާހަގަވެފައިވަނީ ޑެއިލީ ރޫމް ރެންޓަށް ދޭ ފަރާތްތަކުން ކަންވެސް ފަރުހާދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން، އެފަދަ މައްސަލަތަކުގެ ތަހުގީގު މިހާރުވެސް ކުރިއަށް ދާ ކަމަށާއި، ވަގަށް އެތެރެވެފައިވާ ބައެއް މީހުން މިހާރުވެސް ރާއްޖެއިން އަނބުރާ ފޮނުވާލާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެހެންމެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު