ރިދިމާ ޕަންޑިތު އަދި ކަރަން ނާތު ބިގްބޮސް ގެއިން ނުކުންނަން ޖެހިއްޖެއެވެ.
މިހާރު ކުރިއަށްދާ ބިގްބޮސް އޯޓީޓީގައި މި ދެ ފަންނާނުން ކަޓައިގެން ގޮސްފައިވަނީ ރޭ ކުރިއަށްދިޔަ އެ ޝޯގެ ވީކެންޑް ކާ ވާރު ގައެވެ.
ބިގްބޮސްގެ މިއަހަރުގެ ސީޒަން ބިގްބޮސް 15 ގެ ހާއްސަ އެޕިސޯޑުތަކެއް ބިގްބޮސް އޯޓީޓީގެ ނަމުގައި އަންނަނީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ވޫޓް ގައި ސްޓްރީމް ކުރަމުންނެވެ. ކަރަން ޖޯހަރު ހުށަހަޅައިދޭ ބިގްބޮސް އޯޓީޓީ ދައްކަމުން އަންނަތާ ދެ ހަފުތާ ވެފައިވާއިރު ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދޭ ވީކެންޑް ކާ ވާރު ގައި ގެއިން ނުކުންނަން ޖެހޭ ބައިވެރިން އިއުލާނުކުރެއެވެ.
ބިގްބޮސް އޯޓީޓީގައި ބިގްބޮސްގެ ގެއަށް 13 ބައިވެރިން ވަދެފައިވާއިރު، މިދިޔަ ހަފުތާގައި ކަޓައިގެން ދިޔަ އުރްފީ ޖާވިދުގެ އިތުރުން ރޭ ރިދިމާ ޕަންޑިތު އަދި ކަރަން ނާތުގެ ކަޓައިގެން ދިއުމުން ބިގްބޮސްގެ ގޭގައި މިހާރު ތިބީ 10 ބައިވެރިންނެވެ.
ކަލާސްއިން އަދި މިޝޯ ދައްކަން ފަށާފައި ނުވާތީ ގިނަބަޔަކަށް މިޝޯ ވަނީ ފެންނަ ގޮތް ނުވެފައެވެ. ނަމަވެސް އޮކްޓޫބަރު މަހުން ފެށިގެން އެހެނިހެން އަހަރުތަކެކޭވެސް އެއްގޮތަށް ސަލްމާން ހާން އާއެކު ބިގްބޮސް 15 ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރޭ ގެނެސްދިން ޝޯގެ ވީކެންޑް ކާ ވާރު އެޕިސޯޑުގައި ކަރަން ޖޯހަރު ވަނީ ދެ ބައިވެރިންގެ ނަން އިއްވައި ގެއިން ނެރެފައެވެ. ކަރަން ޖޯހަރު ޑަބަލް އެލިމިނޭޝަން އިއުލާނުކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. ދެމީހުން ގެއިން ނުކުންނަން ޖެހޭނެކަން ކަރަން ޖޯހަރު އިއުލާނު ކުރީ ރޭގެ އެޕިސޯޑުގައި ކަން ފާހަގަކޮށްލެވެއެވެ.
ރޭ ކުރިއަށްދިޔަ ޝޯގައި މީގެ ކުރިން ބިގްބޮސް ގޭގައި އުޅުނު ރާކީ ސާވަންތު އަދި ހީނާ ހާން ހާއްސަ މެހެމާނުންގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.
މިވަގުތު ބިގްބޮސް އޯޓީޓީގެ ގޭގައި ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޝަމީތާ ޝެޓީ، ޕްރަތީކް ސެހެޖްޕާލް، ދިވްޔާ އަގަރްވާލް، ނޭހާ ބާސިން، ޒީޝާން ހާން، ރާކޭޝް ބަޕަޓް، މިލިންދު ގަބާ، ނިޝާންތު ބަޓް އަދި އަކްޝަރާ ސިންގު އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން