ބޮލީވުޑްގައި އެންމެ ގިނަދުވަސްވީ އަދި މަޝްހޫރު އެއް ބަތަލާ، އަދި މޮޑެލް، މަލައިކާ އަރޯރާ މޮޑެލް ކުރަން ފެށީ ކީއްވެގެންކަން މިއީ ބޮލީވުޑްގައި ވެސް ގިނަ ބަޔަކަށް ނޭނގި އޮތް ކަމެކެވެ.
މީޑިއާއާ ވާހަކަދައްކަމުން މަލައިކާ ބުނެފައިވަނީ މޮޑެލް ކުރުމާ އޭނާ އެންމެ ފުރަތަމަ ގުޅުނީ ޕޮކެޓް މަނީ ހޯދަން ކަމަށެވެ. އޭނާ އިތުރަށް ބުނީ މޮޑެލިންއަކީ ފަސޭހަ ދާއިރާއެއް ނޫން ކަމަށާއި، އެހާ ހިސާބަށް އާދެވުނީ ވަރަށް ހިތްވަރުކޮށްގެން ކަމަށެވެ. އަދި އޭރު އެއީ ކެރިއާއަކަށް ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.
ކުރީން އެ ދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެގޮތުން އާއިލާގެ މީހުންގެ ނުރުހުންވެސް އޭރު ލިބުނު ކަމަށް މަލައިކާ ބުނެއެވެ. އެހެން ނަމަވެސް އޭރާއި މިހާރުގެ މޮޑެލް ކުރުން ވަރަށް ތަފާތު ކަމަށާއި މިހާރު މޮޑެލް ކުރުމުން ކުރިއަށް ދިއުމަށް ފުރުސަތުތަކެއް އެބަހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން