ތ. ވިލުފުށީގައި އިމާރާތް ކުރަން ފެށި 100 ހައުސިން ޔުނިޓުގެ ތެރެއިން މަސައްކަތް ނުނިމި ހުރި ހައުސިން ޔުނިޓްތައް ނިންމުމަށާއި އަލަށް އަޅަންޖެހޭ ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ނޫމަޑިން ފަށާފައި ވަނީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް 2014 ވަނަ އަހަރު މަޝްރޫއު ވަނީ ހުއްޓިފައެވެ. ހުއްޓުނު އިރު، އިމާރާތް ކުރަން ފަށާފައި ވަނީ 64 ހައުސިން ޔުނިޓެއްގެ މަސައްކަތެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީ ބުނީ، މި މަސައްކަތް އަމީންއާ ހަވާލުކުރީ 82.1 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން ނުނިމި ހުރި 64 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި، ބާކީ ހުރި 36 ހައުސިން ޔުނިޓް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ވިޝާން ނަސީމެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.