ކޮވިޑާ ގުޅިގެން ހއ. އިހަވަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އިހަވަންދޫ ކައުންސިލުގެ ރައީސް އަހުމަދު ސޮބާހު މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހު އެ ރަށުން ފެނުނު ކޭސްތަކާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި އަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ސޮބާހު ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިހަވަންދޫ އަކީ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައި ފަސްވަނަ ރަށެވެ. އެ ރަށުގެ އިތުރުން މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ އަދި އދ. ހަންޏާމީދޫއެވެ.
މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައި ފަސް ރަށާއެކު މިވަގުތު ޖުމުލަ 13 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ. އެ ފަސް ރަށުގެ އިތުރުން ދެން މޮނީޓަރިންގައި އޮތީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫއެވެ.
ޚަބަރު
ޚަބަރު
ޚަބަރު