ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ 32 ބިލުގެ ލިސްޓެއް އެޓާނީ ޖެނަރަލްގެ އޮފީހުން މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ ބިލުތަކުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމުލަ 32 ބިލެއް ހިމެނެއެވެ. އޭގެ ތެރޭގައި ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލުތަކާއި، ދީނީ އަދި އިޖުތިމާއީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެއެވެ.

  • 1. ހެއްކާއި ބެހޭ ބިލު
  • 2. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  • 3. އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • 4. ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
  • 5. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 6. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • 7. މޯލްޑިވަސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • 8. މޯލްޑިވްސް ހެލްތު ސާވިސްގެ ބިލު
  • 9. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 10. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 11. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 12. ހައްޖާއި އުމްރާގެ ކަންކަން އިންތިޒާމުކުރުމާ ބެހޭ ބިލު
  • 13. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 14. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 15. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • 16. ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލު
  • 17. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލޯ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 18. އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު
  • 19. ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 20. ފޮރިން އިންވެސްޓްމެންޓްގެ ބިލު
  • 21. އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު
  • 22. ކުންފުނީގެ ބިލު
  • 23. ޓްރޭޑްމާކުގެ ބިލު
  • 24. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 25. މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
  • 26. އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
  • 27. މަދަނީ ވައިގެ ބިލު
  • 28. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބިލު
  • 29. ކުނި މެނޭޖްކުރުމާ ބެހޭ ބިލު
  • 30. ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 31. ކްލައިމެޓް އިމަރޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • 32. ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް ފަރުމާ ކުރާނީ އޭޖީ އޮފީހުންނެވެ. އެ ބިލުތައް ރައީސް އޮފީހަށް ފޮނުވުމުން، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުން މެދުވެރިކޮށް ބިލުތައް މަޖިލީހަށް ހުށަހަޅާނެއެވެ.