ދެ ދަރިންނާއެކު ކަރީނާ އާއި ސައިފް އަލީ ހާން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ހަބަރުތައް ބުނާ ގޮތުން، މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. އަދި މި ދަތުރަކީ ސައިފްގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި ދަތުރެއް ކަމަށްވެ އެވެ.
މިދެތަރިން ރާއްޖެ އައުމަށް އިންޑިއާގެ އެއާޕޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. ނަމަވެސް ދެމީހުންވެސް މާސްކު ނާޅައި ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އިންޑިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖޭއަށް ޗުއްޓީއަށް އައިސް، ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން