ކޮވިޑުގެ ކޭސްއެއް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނައި ލ. ފޮނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

އަލާމާތްތައް ހުރެގެން ފޮނަދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

ފޮނަދޫ ސިއްހީ މަރުކަޒުން މިރޭ ބުނީ މިއަދު ފޮނަދޫ އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އިތުރު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

ފޮނަދޫ ވަނީ މީގެ ކުރިންވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މާންދޫ ކްލަސްޓާއާ ގުޅިގެން ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ގަން-ފޮނަދޫން 400 އަށްވުރެ ގިނަ މީހުންނަށް އެފަހަރު ކޮވިޑް ޖެހުނު އިރު، މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ 80 ދުވަހަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.